ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ގުއިރޯނުގަ ޖައްސުވައި ތާށިކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ގުއިރޯނުގަ ޖައްސުވައި ތާށިކޮށްލައިފި

ޚަބަރު ލިބޭ ގޮތުން ދުވާލުގެ ވަގުތުތަކުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ގުއިރޯނުގައި ޖައްސުވައި ތާށިކޮށްލައިފިއެވެ. ދުވާލުގެ ވަޤުތުތަކުގައި ކުރިއަރައިގެންދާން ފުރުޞަތުދީފައި ކުއްލިއަކަށް ހަމާސްގެ ހަނގުރާމަވެރިން ކުރިމަތިލައި ޙަމަލާދޭން ފެށުމުން އެތައް ޓެރަރިސްޓުންނެއް ތާށިވީއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ރޭވެސްވަނީ އިސްލްޝިފާ ހޮސްޕިޓަލުގެ ދޮރާށްޓަށާއި ވަށައިގެންވާ ސަރަޙައްދުތަކަށް ބޮންއަޅައިފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެހައި ވަރުގަދަ ޙަމަލާތަކެއް ދިނީ އެ ސަރަޙައްދުން ޓެރަރިސްޓް ސިފައިންނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމުންނެވެ. 

އަލްޝިފާ ހޮސްޕިޓަލުގައި ކަރަންޓް ނެތް ނަމަވެސް ޑޮކްޓަރުންވަނީ އެމީހުންނަށް ލިބުނު އަލިކަން ބޭނުންކޮށްގެން އޮޕަރޭޝަންތައްވެސް ކޮށްފައެވެ. 

ޣައްޒާގެ އިތުރުގެ ސަރަޙައްދުތަކުގައިވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިކަމަށް ޚަބަރުތައް ބުނެއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުންވަނީ މިމަހުގެ 9 ވަނަ ދުވަހު ޣައްޒާގެ ގޮނޑުދޮށު ސަރަޙައްދުގައި އިޒްރޭލުގެ ދިދަ ޖަހައި އެމީހުންގެ ޤައުމީ ސަލާން ކިޔައިފައެވެ. 

މިއަދު އޮންލައިން