އެންމެ ބޮޑު ޓެރަރިސްޓް ނަތަޔާންހޫ އދ އަށް ހުށަހެޅި މެދުއިރުމަތީގެ ޗާޓުގަ ފަލަސްޠީން ނުވެސް ނެތް! އޮތީ ފަލަސްޠީން ފުހެލައި މުޅި ސަރަޙައްދު އިޒްރޭލަށް ހަދާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެންމެ ބޮޑު ޓެރަރިސްޓް ނަތަޔާންހޫ އދ އަށް ހުށަހެޅި މެދުއިރުމަތީގެ ޗާޓުގަ ފަލަސްޠީން ނުވެސް ނެތް! އޮތީ ފަލަސްޠީން ފުހެލައި މުޅި ސަރަޙައްދު އިޒްރޭލަށް ހަދާފަ!

ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ޓެރަރިސްޓް ނަތަޔާންހޫ މިހާރު ބުނަނީ ޣައްޒާގެ ރައްޔިތޔުންނަށް ާގަތި މުސްތަޤްބަލެއް ހޯދައިދޭނެކަމަށާއި އެކަން ކުރެވޭނީ ހަމާސް ނައްތާލެވިގެން ކަމަށެވެ. ނަމަވެސް މިއީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ޤަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. 

ހަމާސް އުފެދެން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ 75 އަހަރުވީއިރުވެސް ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަމާއިއެކު ނޭވާލުމުގެ ފުރުޞަތު ނުދިނުމުން ނޫންހެއްޔެވެ؟ 1965 ގެ ހަނގުރާމައަށްފަހު ބިންތައް ފޭރިގެންފައި އެވަރުންވެސް ނުފުދިގެން މެދުކެނޑުމެއް ނެތި ފަލަސްޠީނުގެ ރައްޔިތުންނަށް ގެއްލުންދީ އަނިޔާކުރަމުން ދިއުމުން ނޫންހެއްޔެވެ؟ 

މިޙަޤީޤަތްތައް ކޮންމެ ދުވަހަކު ލޮލަށް ފެންނަމުން އައިސްފައިވާއިރު ހަމާސް ނައްތައިލެވިއްޖެނަމަ ޣައްޒާގެ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިޑޭނެކަމަށް ބުނާބުނުން ޤަބޫލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟ 

ޔަހޫދީންނަކީ މޫސާގެފާނުގެ ޒަމާނުގައި އެމީހުން އެދުނުހައި ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންވެސް ހިތްފުރުނު ބައެއް ނޫނެވެ. އާދަފޫވައްޓާލަނިވި ބޮޑެތި އެތައް މުޢްޖިޒާތްތަކެއް ދެއްކެވުމުން ޤަބޫލުކުރި ބައެއް ނޫނެވެ. ވީމާ ޔަހޫދީންނަކީ ދުވަހަކުވެސް ހިތްފުރޭނެ ބައެއް ނޫނެވެ. އަދި ދުވަހަކުވެސް ތެދުވެރިވާނެވެސް ބައެއް ނޫނެވެ. 

ހަމާސް އިން އިޒްރޭލަށް ޙަމަލާދިނުމުގެ މާކުރިން ނަތަޔާންހޫ ވަނީ މެދުއިރުމަތީގެ އައު ޗާޓެއް އދއަށް ހުށަހަޅައިފައެވެ. އެ ޗާޓުގައި ފަލަސްޠީނެއް ނެތެވެ. އޮތީ އިޒްރޭލެވެ. މާނައަކީ ދެން އޮންނާނީ އިޒްރޭލެވެ. ފަލަސްޠީން ވުޖޫދުންވެސް ފުހެލެވުނީއެވެ. ވީމާ މިހާރު ކުރިއަށް ގެންދާ ހަނގުރާމައަކީ ހަމާސް ނައްތާލަން ކުރާ ހަނގުރާމައެއް ނޫނެވެ. މުޅި ފަލަސްޠީން ނެތިކޮށްލަން ކުރާ ހަނގުރާމައެކެވެ!

 

މިއަދު އޮންލައިން