އިޒްރޭލް މޮޔަވެ ހައްދުފަހަނައަޅައިދަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އިޒްރޭލް މޮޔަވެ ހައްދުފަހަނައަޅައިދަނީ ކީއްވެ؟

އިޒްރޭލް މޮޔަވެ ހައްދުފަހަނައަޅައިދާ ސަބަބަށް ވިސްނާށެވެ! އެ ސަބަބަކީ އިޒްރޭލްގެ އެންމެ ގާތް އެކުވެރިޔާ އަދި އެންމެ ބޮޑު ވާގިވެރިޔާ ކަމަށްވާ އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން އިޒްރޭލަށްދޭ ވަރަށް ނުބައި ހިތްވަރެކެވެ. 

އެމީހުން އިޒްރޭލް ގާތުގައި ބުނަނީ "އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާއިމެދު ޢަމަލުކުރަން ބޭނުންވާ ކޮންމެ ގޮތަކަށްވެސް ޢަމަލުކުރާށެވެ. ދޭން ބޭނުންވާ ކިތަންމެ ބޮޑު ގެއްލުމެއްވެސް ދޭށެވެ. އަހުރެމެން ތިބޭނީ ކަލޭމެންނާއިއެކުގައެވެ. އެހީތެރިވާނަމެވެ. ދިފާޢުކޮށްދޭނަމެވެ." 

އެހެންވީމާ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގަންވެސް އިޒްރޭލް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެއެވެ. އަދި މިބުނި މޭރުމުން އިޒްރޭލަށް ހިތްވަރުދީ ވާގިވެރިވާހާ ދުވަހަކު އިޒްރޭލް މައިތިރިއެއް ނުވާނެއެވެ. އިޒްރޭލް މަތައެއްވެސް ނުކުރެވޭނެއެވެ. ޒިންމާދާރެއްވެސް ޖަވާބުދާރީއެއްވެސް ނުކުރެވޭނެއެވެ. 

ވީމާ ފަލަސްޠީން ތަޅައި ސުންނާފަތިކޮށް ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކުރުވަމުން ގެންދަނީ ހަމައެކަނި އިޒްރޭލެއް ނޫނެވެ. އެމެރިކާ އާއި ހުޅަނގުގެ ޤައުމުތައް ގުޅިގެންނެވެ. 

މިއީ އިޒްރޭލާއި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރަން ކުރިން މެދުވެރިއެއްގެ ދައުރު އަދާކުރި އިސް މީހަކު ބުނެފައިވާ ވާހަކަތަކެކެވެ. އަދި އެއީ އެކަން އޮތްގޮތްވެސްމެއެވެ.  

މިއަދު އޮންލައިން