އަނބިމިހާ ކިތަންމެ ފަލަވީނަމަވެސް ލޯބިވެގެން ކައިވެނިކުރަން އެކަން ހުރަހަކަށް ނުވާކަން ދުނިޔެއަށް ސާބިތުކޮށްދިން ދެ ކައިވެނި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އަނބިމިހާ ކިތަންމެ ފަލަވީނަމަވެސް ލޯބިވެގެން ކައިވެނިކުރަން އެކަން ހުރަހަކަށް ނުވާކަން ދުނިޔެއަށް ސާބިތުކޮށްދިން ދެ ކައިވެނި-

ފުރަތަމަ މިކިޔައިދެ ފަލަ އެހެން އަންހެނެއްގެވާހަކައެވެ. އެމަލީއަކީ ޑެންމާކަށް ނިޞްބަތްވާ އަންހެނެކެވެ. ފަލަކަމަށް މަޝްހޫރު އަންހެނެކެވެ. އޭނާގެ ދެކެ ސޯން ލޯބިވީ ސޯޝަލްމީޑިއާއިން އެމަލީގެ ފޮޓޯތައް ފެނިގެންނެވެ. 

ދެމީހުން ވަނީ ކައިވެނިކޮށް ސޯންގެ ޤައުމުކަމަށްވާ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައެވެ. އެމަލީ ބުނަނީ އޭނާގެ ފަލަކަން ވެފައިވަނީ ފިރިމީހާ އޭނާ ދެކެ ލޯބިވާ ސަބަބަށް ކަމަށެވެ. 

ދުނިޔޭގެ އެންމެ ފަލަ އަންހަނާކަމުގެ ރެކޯޑް ހޯދަން މަސައްކަތްކުރި މޮނިކާގެ ބަރުދަން 300 ކިލޯއަސްވުރެ ބަރުވެގެންދިއައެވެ. ދެމީހުން ލޯބިވެގެން ކައިވެނިކުރީ ހަމަ ހިކި ފިރިހެނަކާއެވެ. ސިޑް އޭނާގެ އަނބިމީހާ ފަލަވެގެން ކަންބޮޑެއް ނުވިއެވެ. ބޭނުންވީ އަނބިމީހާގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އިތުރަށް ފަލަވާނެ ބާވަތްތައް ކާންދޭށެވެ. 

ނަމަވެސް ދެމަފިރިން ދަރިއަކު ބޭނުންވުމުން މޮނިކާވަނީ ހިކެން މަސައްކަތްކޮށް ދަރިއަކު ހޯދާފައެވެ.

މިއަދު އޮންލައިން