ޚަބަރުގައިވާ ފޮޓޯގައި އެވަނީ ޢިރާޤްގެ އަލް ޢާމިރިޔާއިން ޢުމުރާއަށް ވަޑައިގެންނެވި ޝައިޚް ބަސިސް ރާޣިބް ކާމިލްއެވެ. އޭޙަރަމްފުޅުގައި ޠަވާފްކުރެއްވިއެވެ. ޠަވާފް ނިންމަވައި ކީރިތި ކުރައްވައި ދުޢާކުރެއްވުންމަތީގައި އިންނަވަނިކޮށް ޢާޞްރު ނަމާދަށް ބަންގިގޮވި ވަޤުތު ﷲ ތަޢާލާ ވަނީ ޝައިޚްގެ ފުރާނަ މަތިވެރިވެގެންވާ އެކަލާނގެ ޙަޟްރަތަށް ގެންދަވައިފައެވެ.
މަރްޙޫމްގެ ފުރާއަށް ސުވަރުގޭގެ ނިޢްމަތް ދެއްވެވުން އެދި ދުޢާކުރަމުއެވެ. އަދި އަޅަމެންނަށްވެސް ހެޔޮލަފާ، ﷲ ތަޢާލާ ރިހިވޮޑިގަންނަވާ ޢަމަލެއްގެ މަތީގައި ވަނިކޮށް، ހެޔޮލަފާ ނިމުމެއް ދެއްވަވާނދޭވެ! އާމީން