ހަނގުރާމައެއް ފަށަން އުޅޭކަމުގެ އެއްވެސް ޢަލާމާތެއް ރަސިޔާ ތެރެއަކުން ނުފެނޭ- ރައްޔިތުން ވަރަށް "ކޫލް!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހަނގުރާމައެއް ފަށަން އުޅޭކަމުގެ އެއްވެސް ޢަލާމާތެއް ރަސިޔާ ތެރެއަކުން ނުފެނޭ- ރައްޔިތުން ވަރަށް "ކޫލް!"

ރަސިޔާއިން ޔޫކްރޭނަށް އަރައިގަނެ ހަނގުރާމައެއް ފަށަންއުޅޭކަމުގެ އެއްވެސް ޢަލާމާތެއް ރަސިޔާ ތެރެއަކުން އަދި ނުފެދެއެވެ. ހުރިހާ ކަމެއްވެސް ހުރީ ޢާންމު ޙާލަތުގައެވެ. ދިރިއުޅެމުންދަނީވެސް ވަރަށް ކޫލްކޮށެވެ. 

ބޮޑަށް ޤަބޫލުކުރެވެނީ މިއީ ހަމަ މީޑިއާ ސްޓަންޓްތަކެއް ކަމަށެވެ. އަޅުގަނޑުމެން ރަސިޔާގައި މިތިބީ ޔޫކްރޭން އާއި ވަރަށް ކައިރި ސަރަހައްދެއްގައެވެ. ހަނގުރާމައެއް ފަށާނަމަ އެންމެ ފުރަތަމަ ސަމާލުކަންދޭނެ ސަރަހައްދުތަކުގެ ތެރޭގައި މިސަރަހައްދު ހިމެނެއެވެ. ނަމަވެސް މި ސަރަހައްދުގެ އެއްވެސް މީހަކު އެކަމަށް ސަމާލުކަމެއް ނުދެއެވެ. ކިޔަވާ ޔުނިވަރސިޓީއަކުން އެއްވެސް އެންގުމެއްވެސް ނާންގައެވެ. 

- ރަސިޔާގަ ކިޔަވަންހުރި ދިވެހި ދަރިވަރެއް

ނަމަވެސް ލިބެމުންދާ ޚަބަރުތައް ވަރަށް ހޫނެވެ!

"ބޮޑު ހަނގުރާމައެއްގެ ކޮޅުމަތި: ޔޫކްރެއިންގެ 13% ކަމުގައިވާ Luhansk އާއި Donetsk އަކީ މުސްތަޤިއްލު ދެ ސަރަހައްދުކަމަށް ޕުޓިން އިޢުލާން ކޮށްފި. އަދި އެ ދެ ސަރަހައްދުގައި ރޫސިޔާގެ ސަލާމަތީ ފައުޖުތައް ރުކުރުވާލަން އަމުރުކޮށްފި. اللّهم سلّم سلّم": ޝައިޚް އިލްޔާސް ޖަމާލް

ޝައިޚް މިމޭރުމުން ވިދާޅުވެފައިވާއިރު ރަސިޔާގެ މިނިންމުމާއި ގުޅިގެން އދވެސް ކެކި އަރަންފަށައިފިއެވެ. ފާޑުފާޑުގެ ބަޔާންތައް ދަނީ ނެރެމުންނެވެ. 

 

 

މިއަދު އޮންލައިން