އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޓުއަރ އެއްގައި ސީއެސްޓީއައިގެ ޑިޕްލޮމާ ކޯހުގެ ދަރިވަރުން ސްރީލަންކާއަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޓުއަރ އެއްގައި ސީއެސްޓީއައިގެ ޑިޕްލޮމާ ކޯހުގެ ދަރިވަރުން ސްރީލަންކާއަށް ފުރައިފި

ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ “ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގެ 24 ދަރިވަރުން “އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޓުއަރ” އެއްގައި 2018 ނޮވެންބަރު 3 ގައި ސްރީލަންކާއަށް ފުރައިފިއެވެ. 

 

މިކޯހުގެ ދަރިވަރުންނާއި ހަވާލުވެގެން މި ޓުއަރގައި ބައިވެރިވީ މި އިންސްޓިޓިއުޓްގެ ސީނިއަރ ޓްރެއިނިންގ ކޯޑިނޭޓަރ އާމިނަތު ރުޝްމާއެވެ.

 

8 ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ޓުއަރ ގައި ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަން، މިނިސްޓްރީ އޮފް ސިޓީ ޕްލޭނިންގ އެންޑް ވޯޓަރ ސަޕްލައި އަދި މި ނޫންވެސް ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެކަމަށާއި ސްރީލަންކާގެ ތާރީހީ ތަންތަނާއި ފެކްޓަރީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ސިއެސްސީ އިން ބުނެފިއެވެ.

 

އަދި އެހެންމެ ކޮލަމްބޯ ބިޒްނަސް ސުކޫލް، އޮޑިޓް ފަރމް އަދި “ސްރީލަންކާ އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން” (ސްލީޑާ) އިން ދަރިވަރުންނަށް ހާއްސަކޮށްގެން ލެކްޗަރ ސެޝަންއެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައިކަމަށާއި މި ލެކްޗަރ ސެޝަންތަކުން ދަރިވަރުން ކޯހުގައި ކިޔެވި މޮޑިއުލްތަކާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެކަމަށްވެސް ސިއެސްސީ އިން ވަނީބުނެފައެވެ.

 

މި ދަތުރުގައި ހިންގުމުގެ ދާއިރާއިން ވަރަށް މުހިއްމު މައުލޫމާތުތަކަކާއި ތަޖުރިބާތަކެއް ބައިވެރިންނަށް ލިބިގެންދާނެއެވެ.

 

މިއަދު އޮންލައިން