މުސްލިމުންގެ ވެރިއަކަށް ކުފޫ ހަވަނީ ތުރުކީގެ ރައީސް އުރްދްޤާންކަމަށް ގިނަ އަދަދެއްގެ މުސްލިމުން ބުނަން ފަށައިފިއެވެ.
މުސްލިމުންގެ ގިނަ ބައަކު ބުނަނީ އެމީހުން ބޭނުންވަނީ އަދާވާތްތެރި ޤައުމުތަކުގެ ފިއްތުންތަކަށް ބޯނުލަނބައި ސާބިތުކަމާއިއެކު ކުރިމަތިލާން ކެރޭ ލީޑަރަކު ކަމަށެވެ.
ތުރުކީން މިހާރުވެސް ވަނީ އެމެރިކާ އާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި މިއަދުވެސް ވަނީ ވިޔަފާރީގެ އިތުރު ފިޔަވަޅުތައް އިއުލާންކޮށްފައެވެ.
ތުރުކީގެ ޓްރޭޑް މިނިސްޓަރު ރުހުސާރު ވިދާޅުވީ ފިޔަވަޅުތައް އަޅަމުން ގެންދަނީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިޔޫޓީއޯ)ގެ ޤަވާއިދުތަކުގެ ތެރެއިން ކަމަށާއި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދިވެސް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވައިފައެވެ.