ބަންގްލަދޭޝްގަ ދަރިވަރުން ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން މޯބައިލްގެ ޚިދުމަތް މެދުކަނޑަލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ބަންގްލަދޭޝްގަ ދަރިވަރުން ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން މޯބައިލްގެ ޚިދުމަތް މެދުކަނޑަލައިފި
ބަންގްލަދޭޝްގައި ދަރިވަރުން ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން މުޒާހަރާތައް ކުރިއަށް ގެންދާ ސަރަހައްދުތަކުން މޯބައިލްގެ ޚިދުމަތް މެދުކަނޑަލައިފިއެވެ.

އިއްޔެގެ މުޒާހަރާތަކުގެ ތެރެއަށް ސިފައިން ރަބަރުވަޒަން ޖެހުމުންނާއި އެކި ގޮތް ގޮތުން 100 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޒަކަމްވެފައެވެ. ދަރިވަރުން މުޒާހަރާތައް ކުރަން ފެށީ މަގުމަތީގެ ސަލާމަތާއި ރައްކައުތެރިކަން ނުބަލަހައްޓާ ކަމަށް ބުނެއެވެ.

މުޒާހަރާތައް ފެށީ މިދިއަ ހަފްތާގައި ބާރު ސްޕީޑްގައި ދުއްވި ބަހަކުން ޖެހި 2 ދަރިވަރުން މަރުވުމާއި ގުޅިގެންނެވެ. މުޒާހަރާތަކާއި ގުޅިގެން ވެރިރަށް ޑާކާގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މިއަދު އޮންލައިން