އަނބިމީހާ ބަލިވެއިނީ ނަހަލާލަށްކަމަށް ތުހުމަތުކޮށް މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އަނބިމީހާ ބަލިވެއިނީ ނަހަލާލަށްކަމަށް ތުހުމަތުކޮށް މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

އަނބިމީހާ ބަލިވެއިނީ ނަހަލާލަށްކަމަށް ތުހުމަތުކޮށް މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ ފުރަތަމަ ފެނުނީ ފިރިމީހާ އަމިއްލައަށް ރޭލްދަށުވެ މަރުވެފައި އޮއްވައި ކަމަށެވެ. އެކަމާއި ގުޅިގެން އަނބިމީހާގެ ޢާއިލާއިން އެ ދެމަފިރިން ދިރިއުޅޭ ގެއަށް ގޮސް ބެލުމުން ފެނުނީ އަނބިމީހާ މަރާލާފައިވަނިކޮށް ކަމަށެވެ.

ހައިދަރު އާބާދުގެ ބޭންކެއްގައި މަސައްކަތް ކުރާ އުމުރުން 30 އަަހަރުގެ ފިރިހެނަކު އޭނާގެ އުމުރުން 25 އަަހަރުގެ އަނިބިމީހާ އާއިމެދު ޝައްކުކުރީ ކައިވެންޏަށްވީ ދުވަހާއި ބަލިވެއިންކަމަށް ބެލެވޭ ދުވަހާއި ދާދިއެއްވަރުވުމުންނެވެ.

މިފަދަ ތުހުމަތެއް ކުރެވޭނަމަ އެކަން ބެލޭނެ ގޮތް މިހާރު ވަނީ ފަހިވެފައެވެ. ޑީއެންއޭ ޓެސްޓްކުރުމުން ހަޤީޤަތް ހޯދެން އޮތްއިރު މިފަދަ ދެރަ އަމަލުތައް ކުރުމުގެ ކުރިން ވިސްނައިލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު އޮންލައިން