ވޯލްޑްކަޕުން ލިބުނު ފައިސާ އުސްމާން ހަދިޔާ ކުރީ މިސްކިތެއް ބިނާ ކުރަން

ކިޔުމަށް ހޭދަވާނީ 50ސ
ވޯލްޑްކަޕުން ލިބުނު ފައިސާ އުސްމާން ހަދިޔާ ކުރީ މިސްކިތެއް ބިނާ ކުރަން
މިއަހަރުގެ ފީފާ ވޯލްޑްކަޕް ގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ކުޅުންތެރިއެއް ކަމަށްވާ އުސްމާން ދެމްބެލޭ، އޭނާއަށް ވޯލްޑްކަޕުން ލިބުނު ހުރިހާ ފައިސާ މޯރިޓޭނިއާގައި މިސްކިތެއް ބިނާ ކުރުމަށް ހަދިޔާ ކޮށްފިއެވެ.

މުސްލިމެއް ކަމުގައިވާ އުސްމާން ދެމްބެލޭ އަކީ ފްރާންސްގެ ޤައުމީ ޓީމުގެ މިޑް ފީލްޑަރެކެވެ.

މިސްކިތެއް ބިނާ ކުރުމަށް އުސްމާން އޭނާއަށް ލިބުނު ހުރިހާ ފައިސާއެއް ހަދިޔާ ކުރީ އޭނާގެ މަންމަގެ އުފަން ރަށަށެވެ.

އުސްމާން ދެމްބެލޭ އަކީ ފްރާންސް ޓީމުގައި ހިމެނޭ އެފްރިކަން ނަސްލުގެ މީހުންގެ ތެރެއިން އެކަކެވެ.

މޯރިޓޭނިއާ އާންމުކޮށް އެނގިފައިވަނީ "އިސްލާމިކް ރިޕަބްލިކް އޮފް މޯރިޓޭނިއާ" ގެ ނަމުންނެވެ. އެޤައުމުގައި ހަތަރު މިލިއަނެއްހާ ރައްޔިތުން ދިރިއުޅެއެވެ. ފްރާންސްގެ އަތް ދަށުން މޯރިޓޭނިއާ މިނިވަންވީ 1960 ވަނަ އަހަރުއެވެ.
އުސްމާން ދެމްބެލޭ އަކީ ބާސެލޯނާގެ ވެސް ކުޅުންތެރިއެކެވެ.
މިއަދު އޮންލައިން