ސިވިލް ސަރވިސްގެ 5 އިދާރާއެއްގެ 7 މަޝްރޫއަކުން މިއަހަރުގެ ސިވިލް ސަރވިސް އީޖާދީ އިނާމު ހާޞިލްކޮށްފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ސިވިލް ސަރވިސްގެ 5 އިދާރާއެއްގެ 7 މަޝްރޫއަކުން މިއަހަރުގެ ސިވިލް ސަރވިސް އީޖާދީ އިނާމު ހާޞިލްކޮށްފި.
ސިވިލް ސަރވިސްގެ 5 އިދާރާއެއްގެ 7 މަޝްރޫއަކުން މިއަހަރުގެ ސިވިލް ސަރވިސް އީޖާދީ އިނާމު ހާޞިލްކޮށްފިއެވެ. އިނާމު ހާޞިލުކުރި ފަރާތްތަކާ އީޖާދީ އިނާމު ހަވާކުރުން އޮތީ މިއަދު ފެށުނު ސިވިލް ސަރވިސް 4 ވަނ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ސިވިލް ސަރވިސް 2018 އަށް 7 އިދާރާއަކުން ޖުމްލަ 10 މަޝްރޫޢެއް ހުށަހެޅި ނަމަވެސް އިނާމު ހާޞިލްކޮށްފައިވަނީ ފަސްއިދާރާއެއްގެ 7 މަޝްރޫއެވެ. މިގޮތުން ސުވާސާ ނުވަތަ ބްރޮންޒް ގިންތީގައި ހިމެނުނު ދެމަޝްރޫޢުއަކީ މުވައްޒަފުންގެ ފަންނީ، ޢިލްމީ ޤާބިލިއްޔަތާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ދާއިރާއިން ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ އިދާރާގެ "މުވައްޒަފުންގެ ޤަބިލިއްޔަތާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫއާ،ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން ބ މާޅޮހު ކައުންސިލުގެ އިދާރާގެ "ފެހިފަހި ގަސްކާނާ މަޝްރޫއެވެ.

ރިހި އިނާމުގެ ގިންތިން ވެސް މިއަހަރު 2 މަޝްރޫއަކަށް އިނާމު ލިބިފައިވެއެވެ. އެ 2 މަޝްރޫއަކީ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން މޯލްޑިވްސް އިމިގްރޭޝަންގެ "ދިވެހި ޕާސްޕޯޓް" މަޝްރޫއާ، އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތް ހަލުވިކުރުމުގެ ދާއިރާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްރޫއެވެ. ރަން އިނާމުގެ ގިންތީގައި މި އަހަރު 3 މަޝްރޫއަކަށް އިނާމު ލިބިފައިވެއެވެ. އެ ތިން މަޝްރޫއަކީ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން މޯލްޑިވްސް މޯލްޑިވްސް އިމިގްރޭޝަނުގެ "ޕާސްޕޯޓް ކާޑު މަޝްރޫ"އާއި، ހަމަ އެ ދާއިރާއިން މޯލްޑިވްސް އިމިގްރޭޝަނުގެ "އީގޭޓް"މަޝްރޫއާއި އިންފޮމެޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތް ހަލުވިކުރުމުގެ ދާއިރާއިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ" އީއެންސްޕާ" މަޝްރޫއެވެ.

ސިވިލް ސަރވިސް އީޖާދީ އިނާމު 2018ގެ ސުވާސާ ގިންތިއާ ރިހި ގިންތީގައި ހިމެނުނު އިނާމުތައް މިއަދުގެ ޖަލްސާގައި ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ރަން ގިންތީގައި ހިމެނުނު އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ޢަބުދުﷲ ޖިހާދެވެ.

ސިވިލް ސަރވިސް އީޖާދީ އިނާމަކީ ސަރުކާރުގެ އޮފީސްތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ތަންތަނުން އިސްނަގައިގެން ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނުން 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އިނާމެކެވެ. މި އިނާމް 2012 އަދި 2014 ވަނަ އަހަރު ދީފައި ވަނީ “ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް” ގެ ނަމުގައި. އިނާމުގެ ނަމާ، އިނާމުދެވޭ އުސޫލުތަކަށް ގެނެވުނު ބަދަލުތަކާއެކު، 2016 ވަނަ އަހަރުން ފެށިގެން މި އިނާމު ދެމުން އައިސްފައި ވަނީ “ ސިވިލް ސަރވިސް އީޖާދީ އިނާމު” ގެ ނަމުގައެވެ.
މިއަދު އޮންލައިން