މައިވަންތަކަމުގެ ލޯތްބަށްވުރެ ޤަވާއިދު މުހިންމު ނުވާނެ ކަމަށް ބުނެ ދުބާއީ އިމިގްރޭޝަނުން ޤަވާއިދު މުގުރައި ލޯބި އިސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މައިވަންތަކަމުގެ ލޯތްބަށްވުރެ ޤަވާއިދު މުހިންމު ނުވާނެ ކަމަށް ބުނެ ދުބާއީ އިމިގްރޭޝަނުން ޤަވާއިދު މުގުރައި ލޯބި އިސްކޮށްފި
ދުބާއީގައި މަސައްކަތްކުރާ ޕާކިސްތާނުގެ ޒުވާނަކަށް ތަފާތު ސަބަބުތައް މެދުވެރިވެ ޤައުމަށް ނުދެވޭތާ މިއީ 6 ވަނަ އަހަރެވެ. އޭނާގެ މަންމަ އާއި ބައްޕަ އުމުރާވުމަށް ސައުދިއަރަބިޔާއަށް ދިއުމަށްފަހު ޖިއްދާ އެއާޕޯޓުގައި ޓްރާންސިޓް ފަސިންޖަރުންގެ ގޮތުގައި 4 ގަޑިއިރު މަޑުކުރަން ޖެހޭކަން ދަރިފުޅަށް އެނގެއެވެ.



ކަމާއި ގުޅުންހުރި ލިޔުންތައް ދަރިފުޅު ހުށަހަޅައި އިމިގްރޭޝަނުގައި އެދުނީ މައިން ބަފައިންނާއި ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ. ޓްރާންސިޓް ފަސިންޖަރުންނަށް އިތުރު ބައަކާއި ބައްދަލުވުމުގެ ފުރުޞަތު ދިނުމަކީ އުޞޫލެއްގެ ގޮތުން އެއްވެސް އެއާޕޯޓެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް މަނާކޮށްފައި އޮންނަ ކަމެކެވެ.

އެހެންކަމާއިއެކުވެސް ދުބާއީ އެއާޕޯޓުގެ އިމިގްރޭޝަނުން ނިންމީ ޢާއިލާއަށް ބައްދަލުވުމުގެ ފުރުޞަތު ދިނުމަށެވެ. ހަމައެކަނި ބައްދަލުވުމުގެ ފުރުޞަތު ދިނީއެއްވެސް ނޫނެވެ. މަންމަ އާއި ބައްޕަ އެއާޕޯޓުން ބޭރަށް ވެސް ނެރެދިނީއެވެ. ޢާއިލާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުޞަތު ދިނުމަށެވެ.

އިމިގްރޭޝަނުން ބުނީ ދުބާއީގެ ރޫލަރ ނުވަތަ ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މީސްތަކުންގެ އުފާވެރިކަމަށް ކަމަށެވެ. އެހެންކަމުން މިފަދަ ޚާއްޞަ ޙާލަތްތަކުގައި މައިވަންތަ ކަމުގެ ލޯތްބަށް ހުރަސް އަޅަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ އުފާވެރިކަމާއި ހިނިތުންވުމަށް ފުރުޞަތުދޭން ކަމަށެވެ.
މިއަދު އޮންލައިން