ދުބާއީގައި ދިރިއުޅޭ އޭސިއާ ދެމަފިރިއަކު ގެއިން ނުކުތީ ވިހަންވެފައި އިން އަނބިމީހާގެ ބަނޑުގައި ރިއްސަން ފެށުމުން އަވަހަށް ހޮސްޕިޓަލަށްދިއުމަށެވެ.
ވަގުތަކީ ހެނދުނުގެ އެންމެ ބާރު ބޮޑު ވަގުތުކަމަށްވާތީ ޓްރެފިކްގައި ތާށިވެ ކުރިއަށް ދެވޭނެ ގޮތެއް ނުވުމުން ޓްރެފިކް ފުލުހުންގެ އެހީތެރިކަމަށް އެދުނީ ހޮސްޕިޓަލަށް ނުދެވެނީސް ވިހައިފާނެކަމުގެ ބިރުއޮތުމުންނެވެ.
ޓްރެފިކް ފުލުހުން އެމީހުންގެ ޚާއްޞަ ވެހިކަލެއްގައި އައިސް އެކަކު ކާރާއި ހަވާލުވުމަށްފަހު ދެމަފިރިން ވެހިކަލަށް އަރުވައިގެން އެންމެ ބާރު ސްޕީޑްގައި ދުއްވާފައި ހޮސްޕިޓަލަށް ގެންގޮސް ލޭބަރ ރޫމަށް ވެއްދިތަނުން ވަނީ ވިހައިފައެވެ.
ފުލުހުންގެ މިޚިދުމަތާއި ގުޅިގެން ދެމަފިރިންގެ އިތުރުން ޢާންމުންގެ ގިނަ ބައަކުވެސް ދަނީ ފުލުހުންނަށް ތައުރީފްކުރަމުންނެވެ.