ޣޫތާ ފަތަހަވީކަމަށް ބަލައި ސީރިޔާގެ ރައީސް ބަޝާރު ޣޫތާއަށް ހިނގައްޖެއެވެ. އިރުމަތީ ޣޫތާއަށް ގޮސް އޭނާވަނީ އެތަނުގައި ތިބި އޭނާގެ ސިފައިންނާއި ބައްދަލުކޮށްފައެވެ.
2012 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ކޮންޓްރޯލުކުރަމުން އައި ޣޫތާއިން ހަނގުރާމަވެރިންެގ ބާރު ކަނޑުވައިލުމަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މަރުވި އާންމުންގެ އަދަދު އަދި ވެސް ޔަޤީނެއް ނުކުރެވެއެވެ.
ބަޝާރު ބުނީ ޣޫތާ ފަތަހަކުރަން ހަނގުރާމަކުރި އޭނާގެ ސިފައިންނަކީ ޤައުމީ ބަޠޮލުން ކަމަށެވެ.