ސިވިލް ސަރވިސް ކޮމިޝަންގެ 2017 ވަނަ އަހަރީ ރިޕޯޓު ނެރެފި

ކިޔުމަށް ހޭދަވާނީ 46ސ
ސިވިލް ސަރވިސް ކޮމިޝަންގެ 2017 ވަނަ އަހަރީ ރިޕޯޓު ނެރެފި
ސިވިލް ސަރވިސް ކޮމިޝަންގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަސްމީކޮށް މިއަދު ނެރެފިއެވެ.

މިކަމާއި ގުޅިގެން މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ސިވިލް ސަރވިސް ގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެވެ.



މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަމީމް ވިދާޅުވީ 2017 ވަނަ އަހަރަކީ ސިވިލް ސަރވިސް ކޮމިޝަނަށް ނުވަ އަހަރު ފުރި ދިހަ ވަނަ އަހަރަށް ފެށުނު އަހަރު ކަމަށާއި އަހަރު ފެށިގެން އައީ ކޮމިޝަނަށް ލިބުނު ބަޖެޓުގެ ކުޑަކަމުން ގޮންޖެހުންތަކަކާއިއެކު ކަމަށެވެ.



"ގޮންޖެހުންތަކަކާއިއެކުގައިވީ ނަމަވެސް އީޖާދީ އަދި އީޖާބީ އައު ގޮތްތައް ހޯދައިގެން ސައިންޓިފިކް މެނޭޖްމެންޓާއިއެކު، އެގޮންޖެހުންތަކުން ކޮމިޝަނުން ވަނީ އަރައިގެންފަ. އަދި ކޮމިޝަނުން 2017 ވަނަ އަހަރު އަމާޒުކުރި ގިނަ ކަންތައްތައް ކާމިޔާބު ކަމާއިއެކު ހާސިލް ކުރެވިފައިވާކަން އުފަލާއެކު ފާހަގަ ކުރަން" ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޝަމީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން