މެޑިކަލް ދަރިވަރަކާ އިތުރު މީހަކު މެރުމަށްފަހު ފިލައިގެން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރަމުން ދިއަ މީހަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މެޑިކަލް ދަރިވަރަކާ އިތުރު މީހަކު މެރުމަށްފަހު ފިލައިގެން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރަމުން ދިއަ މީހަކު އަތުލައިގެންފި
މެޑިކަލް ދަރިވަރަކާއި އިތުރު މީހަކު މެރުމަށްފަހު ފިލައިގެން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރަމުން ދިއަ މީހަކު އަތުލައިގެންފިއެވެ.

ޕާކިސްތާނަށް ނިޞްބަތްވާ އުމުރުން 25 އަހަރުގެ އަފްރިދީ އަތުލައިގަތީ އިންޓަރޕޯލްގައި ދުބާއީ އިންނެވެ. ދުބާއީ ފުލުހުން ބުނީ އިންޓަރޕޯލުން ލިބިފައިވާ މައުލޫމާތުގެ އެހީގައި އޭނާ ދެނެގަނެ އޭނާއަށް ދިއައީ ފާރަލަމުން ކަމަށެވެ.

"އޭނާ ދުބާއީއަށް އެތެރެވިއިރު ހައްޔަރުކުރުމުގެ އަމުރެއް ނުލިބޭ. އަހަރެމެން ދިއައީ އޭނާ އުޅޭ ތަންތަނަށް ފާރަލަމުން. އަމުރު ލިބުނީމާ ހައްޔަރުކުރީ."

އޭނާ ދުބާއީއަށް އެތެރެވީ ސިފަ ބަދަލުކޮށްގެންނެވެ. މިހާރު އޭނާ ވަނީ ޕާކިސްތާނާ ޙަވާލުކޮށްފައެވެ. މިއަހަރު ޖަނަވަރީ މަހުން ފެށިގެން ދިއައީ އޭނާ ހޯދަމުންނެވެ. އޭނާ ބަޑިޖަހާ މަރާލި އަސްމާ ރަނި މަރާލި ދުވަހުން ފެށިގެން ޕާކިސްތާނުން ވަނީ އޭނާއަކީ ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ލިސްޓުކޮށްފައެވެ.
މިއަދު އޮންލައިން