އދ. ގެ އެހީއާއިއެކު އިރުމަތީ ޣޫތާ ގެ ކުއްލި ފަރުވާ ބޭނުންވާ 150 މީހުން އެޤައުމުން ނެރެފި

ކިޔުމަށް ހޭދަވާނީ 48ސ
އދ. ގެ އެހީއާއިއެކު އިރުމަތީ ޣޫތާ ގެ ކުއްލި ފަރުވާ ބޭނުންވާ 150 މީހުން އެޤައުމުން ނެރެފި
ކުއްލި ފަރުވާ ބޭނުންވާ ސީރިޔާގެ އިރުމަތީ ޣޫތާ ގެ ބައެއް މީހުން އދ. ގެ އެހީތެރިކަމާއިއެކު އެޤައުމުން ނެރެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ފަރުވާ ދިނުމަށް އިރުމަތީ ޣޫތާ އިން އިއްޔެ ނެރެފައިވަނީ 150 މީހުންނެވެ.

އެމީހުން އެޤައުމުން ނެރެވޭގޮތްވީ ބަޝާރުލް އަސަދުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންގެ އެންމެ ބޮޑު ޖަމާއަތް ކަމުގައިވާ ޖައިޝް އަލް-އިސްލާމް އާއި ރަޝިއާ އާއި ދެމެދުވީ އެއްބަސްވުމެއްގެ ދަށުން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

ސިރިއަން އޮބްޒަވޭޓަރި ފޯ ހިއުމަސް ރައިޓްސް އިން ބުނީ ޖައިޝް އަލް-އިސްލާމް އާއި ރަޝިއާ އާއި ދެމެދުވީ އެއްބަސްވުމުގެ ދަށުން އިރުމަތީ ޣޫތާއިން ނެރުނު 150 މީހުން ގެންދިޔައީ ވެރިރަށް ދިމިޝްގު ކައިރީގައި ހިންގާ ސަރުކާރުގެ ހިޔާތަކަށް ކަމަށެވެ.

އެމީހުން އިރުމަތީ ޣޫތާ އިން ނެރެވިފައިވީ ނަމަވެސް، ފަރުވާއަށް ބޭނުންވެފައިވާ އެތައް ހާސް ސީރިއާ ރައްޔިތުންނެއް އަދިވެސް އެޤައުމުގައި އެބަތިބި ކަމަވެށް އދ. އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން