"ފުރަތަމަ ފްލައިޓް ތެޅިގަތީ. އެއާއިއެކު އެންމެންނަށް އަޑުގަދަކުރަން ފެށުނު. ދެން އިވުނީ ބާރުއަޑެއް. ދެން ވީގޮތެއް ނުއެނގޭ." ފްލައިޓުން ސަލާމަތްވި ފަސިންޖަރަކު ހޭއެރުމުން އޭނާ ހަނދާންހުރި މިންވަރަށް ކިޔައިދެމުން ބުނެފައިވެއެވެ.
ކަތަމަންޑޫއަށް ޖައްސަން އުޅެނިކޮށް އިއްޔެ ވެއްޓުނު ބަންގްލަދޭޝްގެ މަތިންދާ ބޯޓުގެ މައްސަލައިގެ ތަޙްޤީޤް ކުރިއަށްދާއިރު މައްސަލަ ދަނީ އިތުރަށް ހޫނުވަމުންނެވެ.
ލިބިފައިވާ ރެކޯޑިންގް ތަކަށްބަލާއިރު ފްލައިޓަށް އެއާޕޯޓަށް "މިހާރު" ޖެއްސިދާނެތޯ ޕައިލެޓް ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ކޮންޓްރޯލް ޓަވަރުން ބުނެފައިވަނީ "މިބުނަނީނު އަނބުރާލާށޭ." އެވެ. ބަންގްލަދޭޝްގެ އެވިއޭޝަން އޮތޯރިޓީން ބުނަނީ ނޭޕާލުގެ ޓްރެފިކް ކޮންޓްރޯލަރުން ރަނގަޅު ނޫން މައުލޫމާތެއް ދިނީކަމަށް ތުހުމަތުކުރާ ކަމަށެވެ.
ފްލައިޓުގެ ކަޅު ފޮށި މިހާރު ވަނީ ހޯދިފައެވެ. ދިމާވި މައްސަލަ ދެނެގަންނަން ކުޑަ މުއްދަތެއް ނަގާނެއެވެ.
ގުޅުންހުރި ވީޑިއޯ: