ބަންގްލަދޭޝް ގެ އެޕެސެންޖަރ ޕްލޭން ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުމާއެކު ރަންވޭ މަތިން ކަހާލައިގެން ގޮސް އިރުކޮޅެއްނުވެ އެބޯޓުގައި ހުޅު ރޯވިކަމަށް "ދަ ސަން" ގައި ރިޕޯޓު ކޮށްފައިވެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މިހާދިސާގައި، އެބޯޓުން ދަތުރުކުރި ޕަސަންޖަރުންގެ ސީދާ އަދަދު ނޭނގުނު ނަމަވެސް މިހާތަނަށް 17 ވަރަކަށް މީހުން މިހާރުވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކަށް ގެންދެވިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ވެއްޓުނު ބޯޓަކީ ބަންގްލަދޭޝް ގެ ޑާކާ އިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ބޯޓެއްކަމަށް ކަތުމަންޑޫ އެއާޕޯޓުގެ ތަރުޖަމާނު ބިރެންދްރަ ޕްރަސާދް ޝްރެސްތާ ބުނެފައިވެއެވެ. ބޯޓުގައި އަލިފާން ރޯވީ ރަންވޭ އިން ކަހާލައިގެން ގޮސް ފުޓުބޯޅަ ފީލްޑަކަށް އެބޯޓު ވެއްޓުމުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"މިވަގުތު އަހަރުމެން މަސައްކަތް ކުރަމުން މިގެންދަނީ އަލިފާންގަނޑު ނިއްވާލެވޭތޯ. މިކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލު ފަހުން ހާމަ ކުރާނަން" ބިރެންދްރަ ބުނެފައިވެއެވެ.