ޣޫތާއަށް ކެމިކަލް ހަމަލާ ދީފާނެކަމުގެ ބިރު ބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ޣޫތާއަށް ކެމިކަލް ހަމަލާ ދީފާނެކަމުގެ ބިރު ބޮޑުވެއްޖެ
ޣޫތާގައި ތިބި ހަނގުރާމަވެރިންނަށް ކަމަށްބުނެ ސީރިޔާ ސިފައިން ކެމިކަލް ހަމަލާއެއް ދިފާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އެމެރިކާގެ ޑިފެންސް ސެކެޓްރީ ބުނެފައިވަނީ މިފަދަ ހަމަލާއެއް ދިނުން ވާނީ ވަރަށް ނުބައި އަދި މޮޔަ އަމަލަކަށް ކަމަށެވެ.

ބެލެވޭގޮތުން ސީރިޔާއިން ދަނީ ކްލޮރިން ފަދަ ވިހަ ގޭސްތައް އެކުލެވޭ ހަމަލާތަކެއް ޣޫތާއަށް ދޭން ތައްޔާރުވުމުންނެވެ. ސީރިޔާ ސިފައިން ޣޫތާއަށް ބާރު ގަދަ ހަމަލާތައް ދެމުން ގެންދަނީ ރަސިއާގެ އެހީތެރިކަމާއިއެކުގައެވެ.

މިދިއަ ހަފްތާގައި ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ޣޫތާގެ 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެއިގެ ތެރޭގައި 178 ކުޑަކުދިން ހިމެނެއެވެ. ރަށުގެ ގިނަ އިމާރާތްތަކަށް ވަނީ ބޮން އަޅައިފައެވެ.
މިއަދު އޮންލައިން