ސްރީލަންކާގެ ކެންޑީގައި މުސްލިމުންނަށް ދިން ގެއްލުންތަކުގެ މައްސަލަ ބަލަން 3 ފަނޑިޔާރުންގެ ބެންޗެއް ރައީީސް ސިރިސޭނަ އެކުލަވާލައްވައިފި އެވެ. މި ބެންޗުގައި ހިމެނެނީ މިހާރު ރިޓަޔަރކޮށްގެން ތިބި ފަނޑިޔާރުންނެވެ.
ކެންޑީގައި މުސްލިމުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު މުސްލިމުންގެ 200 ފިހާރަ ވަނީ އަންދާލައިފައެވެ. 3 މީހުން މަރާލާފައިވާއިރު 20 މީހުންނަށް ވަނީ ސީރިއަސް އަނިޔާތައް ކޮށްފައެވެ. 11 މިސްކިތެއް ވަނީ އެކުގައި އަންދާލާފައެވެ.
ސްރީލަންކާގެ ހުރިހާ ސަރަހައްދުތަކެއްގައިވެސް އިއްޔެ ހުކުރުކުރިއިރު ސިފައިން ވަނީ މިސްކިތްތައް ބަލަހައްޓައިދީފައެވެ.
ސްރީލަންކާގައި ހުރި މިއަދުނޫހުގެ މުރާސިލު ބުނީ މިއަނިޔާތަކުގެ އެންމެ އަޑީގައި ވަނީ އިޒްރޭލު ކަމަށާއި ހަމަނުޖެހުންތައް ހިންގަނީ އިޒްރޭލުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ،2 3 ހާމުދަރަކާއި ގުންޑާއިންގެ ޖަމާއަތްތައް ކަމަށެވެ.