ކިޔަވައިގެން ތިބީމާ ހިޖާބައަޅަން ނުޖެހޭނެ ކަމަށް ބުނެ އީރާނުގަ މުޒާހަރާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ކިޔަވައިގެން ތިބީމާ ހިޖާބައަޅަން ނުޖެހޭނެ ކަމަށް ބުނެ އީރާނުގަ މުޒާހަރާކޮށްފި
އަހަރެމެން މިތިބީ ކިޔަވައިގެން ކަމަށާއި ހިޖާބައަޅަން ނުޖެހޭނެ ކަމަށްބުނެ އީރާނުގެ 30 ވަރަކަށް އަންހެނުން ބުދަ ދުވަހު އީރާނުގައި މުޒާހަރާކޮށްފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިއަ މިކަމުގައި އިސްކޮށްތިބި އަންހެނުން އަމަލުކޮށްފައިވަނީ އެމެރިކާގައި ތިބި އީރާނުގެ އަންހެނުން އެމީހުންނަށް ދޭ ލަފާގެދަށުންނެވެ.

އީރާނުގައި ހިޖާބަ އެޅުމަކީ މަޖުބޫރުކަމަކަށްވާތީ އެކަން ނައްތައިލުމަށް އެމެރިކާ އާއި ހުޅަނގުގެ ގިނަ ޤައުމުތަކަކުން ގެންދަނީ އީރާނަށް ގޮންޖެހުންތައް ކުރިމަތިކުރުވަމުންނެވެ. ހިޖާބަ ނުއަޅާ ނަގާފައި ހުންނަ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމަކީވެސް އީރާނުގައި އަދަބުލިބޭ ކުށެކެވެ.

އީރާނަށް އިޞްލާޙީ ބަދަލުތައް ގެންނަން މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ އަންހެނުންނަށް ކުރިއަރައި ދެވޭނެ މާހައުލެއް އީރާނުގައި ނެތް ކަމަށެވެ.


މިއަދު އޮންލައިން