ކޮރަޕްޝަނަށް ތުހުމަތުކުރުމުން ވެރިކަމުގައި ހުންނެވުމަކީ ލަދުވެތިކަމެއް ކަމަށާއި ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް މޮރިޝަސްގެ ރައީސް ކަމުގައި ހުންނެވި އަމީނާ ޤްރިބް ފަކިމް ވިދާޅުވެއްޖެއެވެ.
އެފްރިކާގެ ޤައުމެއްގެ ވެރިކަމުގައި ހުންނެވި ހަމައެކަނި އަންހެނާ، އަމީނާ މިމޭރުމުން ވިދާޅުވީ އެންޖީއޯއަކުން އެކަމަނާއަށް އަރުވާފައިވާ ކްރެޑިޓް ކާޑެއް ބޭނުންފުޅުކުރައްވައިގެން އަމިއްލަފުޅު ތަކެތި ބައްލަވައިގަންނަވާ ކަމަށް ބޮޑުވަޒީރު ހުކުރު ދުވަހު ތުހުމަތު ކުރެއްވުމުންނެވެ.
އަމީނާ ވިދާޅުވީ އެކަމަނާ އިސްތިއުފާދެއްވާނީ މޮރިޝަސްއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުތަކަށްފަހުގައި ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވާނެ ވަކި ދުވަހެއް އަދި ނިންމަވާފައެއް ނުވެއެވެ.