ސިވިލް ސަރވިސްގެ ހުރިހާ މުވައްޒިފުންގެ މުސާރަ އެއްފަހަރާ ބޮޑު ނުކުރަނީ އެގޮތަށް މުސާރަ ބޮޑުކުރުމުން ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާތީ އާއި އަގުތަށް އުފުލުމުން މުސާރައިން ލިބޭ ނަފާ ކުޑަވެގެންދާތީ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އެހެންކަމުން މުސާރަ ބޮޑުކުރުމުގައި މިހާރު ގެންގުޅޭ ސިޔާސަތަކީ ގިންތިތަކަކަށް ބަހާލައިގެން މުސާރަ ބޮޑުކުރަމުން ގެންދިއުން ކަމަށެވެ.
ޑރ. ޢަލީ ޝަމީމް އެވިދާޅުވާ ބަސްފުޅަށް ބަލާއިރު މުވައްޒިފުންގެ މުސާރަ ބޮޑުކުރުމަށް އޮތް ހުރަހަކީ ދިވެހި ވިޔަފާރިވެރިންނެވެ. ވިޔަފާރިވެރިން މުދަލުގެ އަގު އުފުލާކަމެވެ.
ޑރ. ޢަލީ ޝަމީމް ވިދާޅުވީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހި ސިވިލް ސަރވިސްގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރަން ހަމަޖައްސާފައި އޮތް ނަމަވެސް ބޮޑުކުރީ މުސާރަ ނޫން ކަމަށާއި ހަމަޖައްސާފައިވަނީ ދޭ އެލަވަންސަށް ބަދަލުގެނެސްގެން "މުސާރަ ބޮޑުކުރަން ކަމަށެވެ. މިގޮތަށް ބަދަލު ގެންނަން ނިންމީ ޕޭ ކޮމިޝަނާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ވަރަށް ބޮޑަށް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.
ޑރ. ޢަލީ ޝަމީމް ވިދާޅުވީ ފަންނުވެރި ނޫން އަދި މަސައްކަތުގެ ދާއިރާއިން މަތީ ތައުލީމު ޙާޞިލު ނުކުރެވި ތިބި ފަރާތްތަކަށް މުސާރައިގެ ގޮތުގައި ބޮޑު ކުރިއެރުމެއް ނުލިބި ހިނގައިދާނެ ކަމަށާއި ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މުސާރަ ބޮޑު ނުވެ ތިބި ހުރިހާ މުވައްޒިފުންނަށް ވެސް ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ގުޅުންހުރި އަޑު: