ތުރުކީގެ ޖަލުތަކުގަ ތިބި ނޫސްވެރިންގެ ދިފާއުގަ ނޫސްވެރިން މުޒާހަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ތުރުކީގެ ޖަލުތަކުގަ ތިބި ނޫސްވެރިންގެ ދިފާއުގަ ނޫސްވެރިން މުޒާހަރާކޮށްފި
ތުރުކީގެ ޖަލުތަކުގައި ތިބި ނޫސްވެރިންގެ ދިފާއުގައި ތުރުކީގެ ނޫސްވެރިން މުޒާހަރާކޮށްފިއެވެ. ނޫސްވެރިން ބުނީ ތުރުކީގެ ޖަލުތަކުގައި 150 އަށްވުރެ ގިނަ ނޫސްވެރިން އެބަތިބި ކަމަށެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަން ކުރަން ދަތިތައް އެބަހުރި ކަމަށެވެ.

ތުރުކީގެ ރައީސް އުރްދުޤާން މާދަމާ ފަރަންސޭސިވިލާތަށް ދަތުރެއް ކުރަން ހަމަޖެހިފައިވާއިރު ފަރަންށޭސި ރައީސް ވަނީ މި މައްސަލައިގައި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ތުރުކީގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ނޫސްވެރިން ނަމަވެސް ކުށެއް ކޮށްފިނަމަ އެކަމަކަށް އޮންނަ ޤާނޫނީ އަދަބު ލިބޭނެ ކަމަށެވެ. އަދި ޖަލުގައި ތިބި ބައެއްގެ މައްސަލައިގައި މަޝްވަރާކުރައްވަން އަދި ހަމަޖެހިފައި ނުވާކަމަށެވެ.

ޖަލުގައި ތިބި ގިނަ ނޫސްވެރިންނަކީ މިދިއަ އަހަރު ވެރިކަން ވައްޓާލަން ސިފައިން ގެންނަން އުޅުނު އިންޤިލާބުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބައެކެވެ.
މިއަދު އޮންލައިން