ތެލުގެ އަގު އަނެއްކާވެސް އުފުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ތެލުގެ އަގު އަނެއްކާވެސް އުފުލައިފި
ތެލުގެ އަގު އަނެއްކާވެސް އުފުލައިފިއެވެ. މިއަދުގެ ބާޒާރަށް ބަލައިފިނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 68 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.

ބެލެވޭގޮތުން ތެލުގެ އަގު ކުއްލިލިއަކަށް މިހައި ބޮޑުތަން އުފުލުނީ އީރާނުގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެންނެވެ.

ފާއިތުވި ދެ އަހަރަށް ބެލި ނަމަވެސް މިއީ ރެކޯޑް އަގެކެވެ. ތެޔޮ އުފައްދާ އަދަދު މަދުކުރަން ޤައުމުތަކުން އެއްބަސްވި ފަހުން މިހައިތަނަށް ބެލި ނަމަވެސް މިހައި އަވަހަށް މި މިންގަނޑަށް އަރައިފާނެ ކަމަށް ކުރިން ޤަބޫލުކުރެވިފައެއް ނުވެއެވެ.
މިއަދު އޮންލައިން