އިންޑިއާގެ ދާލިތުން ނުވަތަ ދަލިތުންނަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އިންޑިއާގެ ދާލިތުން ނުވަތަ ދަލިތުންނަކީ ކޮބާ؟
މިއަދުނޫހުގައި އިއްޔެ ޝާއިއުކުރި ޚަބަރަކާއި ގުޅިގެން ދާލިތުން ނުވަތަ ދަލިތުންނަކީ ކޮބައިކަން އޮޅުންފިލުވަން ބައެއް ކިޔުންތެރިން ބޭނުންވިއެވެ.

އެއީ ފަޤީރު އަދި މުޖުތަމައުގައި ހައިޞިއްޔަތުގެ ގޮތުން އެންމެ ދަށް ނިކަމެތިންނެވެ. މީގެ 100 ވަރަކަށް އަހަރު ކުރިން އިންޑިއާގައި ވަނީ ނަސްލުގެ ދަރަޖަކުރުމާއި ހައިސިއްޔަތު ދަރަޖަކުރުން ރަސްމީ ގޮތުން ހުއްޓާލައިފައެވެ. އަދި އެފަދަ މީހުންނަށް ސަރުކާރުން ދަނީ އިނާޔަތްތަކެއްވެސް ދެމުންނެވެ.

އެހެންކަމާއިއެކުވެސް މުޖުތަމައުގައި އަދިވެސް އެމީހުންނަށް ބޮޑެތި ތަފާތުކުރުންތަކެއް ހުރެއެވެ. 15 ފުލުހުންގެ ބޫޓުގައި ދޫލަން ޖެއްސުވީ އެކަން އަދިވެސް ދަމަހައްޓާތީއެވެ.

އިންސާނުން ދަރަޖަކުރުމުގެ ޘަޤާފަތް އޮންނަ ޤައުމުތަކުގައި އަދިވެސް އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވާ އެއް ކަަމަކީ ކައިވެނިކުރުމެވެ. މަތީ ދަރަޖައިގެ މީހަކު ދަށު ދަރަޖައިގެ މީހަކާއި ކައިވެނިކުރާނަމަ އެކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށެވެ.



މިއަދު އޮންލައިން