ދެ ޕައިލެޓުން ޒުވާބުކޮށް ޕައިލެޓް، އަންހެން ކޯޕައިލެޓްގެ މޫނުމަތީގަ ޖެހުމުން ދެ ޕައިލެޓުން ސަސްޕެންޑްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ދެ ޕައިލެޓުން ޒުވާބުކޮށް ޕައިލެޓް، އަންހެން ކޯޕައިލެޓްގެ މޫނުމަތީގަ ޖެހުމުން ދެ ޕައިލެޓުން ސަސްޕެންޑްކޮށްފި
ދެ ޕައިލެޓުން ޒުވާބުކޮށް ޕައިލެޓް، އަންހެން ކޯޕައިލެޓްގެ މޫނުމަތީގަ ޖެހުމުން ދެ ޕައިލެޓުން ސަސްޕެންޑްކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ލަންޑަނުން މުމްބާއީ އަށް ޖެޓް އެއާވޭޒްގެ ދަތުރު ފެށުމަށްފަހު ދެ ޕައިލެޓުން ކުރި ޒުވާބު ހޫނުވެ ޕައިލެޓް، އަންހެން ކޯޕައިލެޓްގެ މޫނުމަތީގައި ޖެހުމުން ރޮމުން ބޭރަށް ނުކުތެވެ. ނަމަވެސް ފްލައިޓުގައި 324 ފަސިންޖަރުން ތިބުމުން އެކަމަށް ވިސްނައިލުމަށްފަހު ފަހުން އެނބުރި މަސައްކަތަށް ރުޖޫޢަވިއެވެ.

ދަތުރު ނިންމައި ފްލައިޓް މުމްބާއީއަށް ޖެއްސުމުން ދެ ޕައިލެޓުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

އެވިއޭޝަން އޮތޯރިޓީން ބުނީ މިއީވަރަށް ނުރައްކައުތެރި ޙާލަތެއް ކަމަށާއި ކަން ހިނގިގޮތް ރަނގަޅަށް ތަޙްޤީޤްކުރަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން