ޤުދުސް އަކީ އަހަރަކު 300 މިލިއަން ޑޮލަރަށް ވިއްކާ ބިމެއް ނޫން- ބްލެކް މޭލެއް ނުކުރެވޭނެ: ފަލަސްޠީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޤުދުސް އަކީ އަހަރަކު 300 މިލިއަން ޑޮލަރަށް ވިއްކާ ބިމެއް ނޫން- ބްލެކް މޭލެއް ނުކުރެވޭނެ: ފަލަސްޠީން
އިޒްރެލުން އަތުލައިގެންފައިވާ ފަލަސްޠީނުގެ ބިމަކީ އެމެރިކާއިން އަހަރަކު ދޭ 300 މިލިއަން ޑޮލަރަށް ވިއްކައިލަން އޮތް ބިމެއް ނޫން ކަމަށާއި އެމެރިކާއިން ދޭ 300 މިލިއަން ޑޮލަރު ނުދޭނެ ކަމުގެ ބިރު ދައްކައިގެން ބްލެކްމޭލް ނުކުރެވޭނެ ކަމަށް ފަލަސްޠީނުން ބުނެފިއެވެ.

"ޓްރަމްޕް ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ކުރަންޖެހޭ ދަތުރަށް ހުރަސްއަޅާފަ. އިންސާފުން އެއްކިބާވެފަ. ހުރިހާ ކަމެއް ގޯހުން ގޯހަށް ގެންދިއުމަށްފަހު މިހާރު އުޅެނީ ބިރުދައްކަން. ބްލެކްމޭލްކުރަން. އެކަމެއް ނުކުރެވޭނެ." ކަމަށް ވިދާޅުވެ ފަލަސްޠީނުގެ ފަރާތުން ޓްރަމްޕަށް ރައްދު ދެއްވީ ހަނާން އަޝްރާވީއެވެ.

އަޝްރާވީ މިމޭރުމުން ވިދާޅުވީ އެމެރިކާއިން ފަލަސްޠީނަށް ދޭ އެހީ ކަނޑާލާނެ ކަމަށް ބުނެ ޓްރަމްޕް ފަލަސްޠީނަށް ބިރު ދެއްކުމުންނެވެ.

ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ހުރިހާ ބިންތަކެއް އިޒްރޭލަށް މިލްކުކޮށްދިނުމަށް ޓްރަމްޕް ކުރަމުން ގެންދާ މަސައްކަތްތައް ސިޔާސީ ގޮތުން ދަނީ ފެއިލްވަމުންނެވެ. ޓްރަމްޕްގެ އެއްވެސް ނިންމުމެއް ބާރު ގަދަ އެހެން އެއްވެސް ޤައުމަކުން ޤަބޫލެއް ނުކުރެއެވެ.

ގުޅުންހުރި ހަބަރު:


މިއަދު އޮންލައިން