ފަލަސްޠީނުގެ މައްސަލައިގައި ދުނިޔޭގެ ނަފްރަތު އެމެރިކާއަށް އަމާޒުވާން ފެށުމުން ފަލަސްޠީނު ބަނޑަށް ޖައްސާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ދީފިއެވެ.
ޓްރަމްޕް ބުނީ ޕާކިސްތާނުގެ އިތުރުން ފަލަސްޠީނަށް ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރު އެމެރިކާއިން ހޭދަކުރާ ކަމަށާއި ބަދަލުގައި ބޭނުންވަނީ ތައުރީފް ކަމަށެވެ. އެކަން ބަލައިގަތުން ކަމަށެވެ.
ޓްރަމްޕް ބުނީ ޖެރޫސަލަމްގެ މައްސަލަ މިހާރު އެއޮތީ ނިންމާފައި ކަމަށާއި ފަލަސްޠީނަށް ޖެހޭނީ އެމެރިކާ އާއިއެކު މަޝްވަރާކުރަން ކަމަށެވެ.
ނަމަވެސް ފަލަސްޠީނުން އެމެރިކާ އާއިއެކު މަޝްވަރާކުރަންވެސް ބޭނުން ނުވާއިރު އެހީގެ ފައިސާ ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ފަލަސްޠީނުގެ މިހާރުގެ ހާލަތަށް ބަލާއިރު ޓްރަމްޕަށް އެކަށީގެންވާ ރައްދެއް ނުދެވިދާނެއެވެ. ނަމަވެސް އެ ފުރުޞަތު އަރަބި ޤައުމުތަކަށް ވަރަށް ބޮޑެވެ. "އަރަބި ޤައުމުތަކުން އެމެރިކާ އަށް ދޭ ފައިސާ ދިނުންވެސް ހުއްޓައިލީ. ކަލެއަށް ޖެހޭނީ ޓޫ ސްޓޭޓް ސޮލިޔުޝަން ޤަބޫލުކުރަން." ކަމަށް ބުނެފިނަމަ ހުރިހާ ކަމެއް ޙައްލުވެގެންދާނެއެވެ.
އެފަދަ ބަހެއް ބުނުމުގެ ހިތްވަރު ޢަރަބިވެރިންގެ ކިބައިގައި ނެތްނަމަ މުސްލިމުންނަށް އޮތީ އެ ހިތްވަރު ހުރި ވެރިން ދެއްވެވުން އެދި މާތް ﷲ އަށް ދުޢާ ކުރުމެވެ.