ގޮނޑިތައް މަތީ މީދަލެއް ފުމޭތަން ފެނިގެން އެމެރިކާގެ ފްލައިޓެއް ކެންސަލްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ގޮނޑިތައް މަތީ މީދަލެއް ފުމޭތަން ފެނިގެން އެމެރިކާގެ ފްލައިޓެއް ކެންސަލްކޮށްފި
ފްލައިޓުގެ ގޮނޑިތައް މަތީ މީދަލެއް ފުމޭތަން ފެނިގެން އެމެރިކާގެ ފްލައިޓެއްގެ ދަތުރު ކެންސަލްކޮށްފިއެވެ.

ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައިވާ ސަތޭކައަށްވުރެ ގިނަ ފަސިންޖަރުން އެރުވުމަށްފަހު ދަތުރުކެންސަލް ކުރީ މީދާ ފުމޭތަން ފަސިންޖަރުންނަށް ފެނި ބިރުގަތުމުންނެވެ.

ކެންސަލް ކުރީ ކެލިފޯނިއާގެ އޯކްލަންޑުން ޕޯޓްލަންޑަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ޔޫއެސް އެލަސްކާ އެއާލައިންސްގެ ފްލައިޓް 915 އެވެ.

ސަލާމަތީ ބާރުތަކުން ވަނީ ފްލައިޓުން މީދާ ނައްތައިލެވިއްޖެކަން ކަށަވަރުކުރެވެންދެން އެއާކްރާފްޓްގެ ދަތުރުތައް ހުއްޓުވައިފައެވެ. އެމެރިކާފަދަ ސަލާމަތީ ކަންކަން ވަރުގަދަ ޤައުމެއްގެ ފްލައިޓަކަށް މީދަލަކަށް އެރުނު ގޮތަކާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން