ސްރީލަންކާގައި ހަނޑޫ އުފެއްދުނު މިދިއަ އަހަރުވެސް ދަށަށް ހިނގައްޖެއެވެ. މިއީ ވިދިވިދިގެން ދަށަށް ދިއަ 3 ވަނަ އަހަރެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މިދިއަ އަހަރުވެސް ހަނޑޫ އުފެއްދުނު މިންވަރު ދަށަށް ދިއައީ މޫސުމުގައި އިތުރުގައި ހަނޑޫ ހައްދާ ސަރަހައްދުތަކަށް ވާރޭ ނުވެހުމުން ކަމަށެވެ.
ގިނަ އަދަދަކަށް ހަނޑޫ ހައްދާ ސްރީލަންކާގައި މިދިއަ އަަހަރުވެސް ހަނޑުލަށް ދަތިވެ ގިނަ އަދަދެއްގެ ހަނޑޫ ވަނީ އިމްޕޯޓްކޮށްފައެވެ.
ލަންކާގެ އުތުރަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެފައިވާތީ ޕުޓެލަމް، ކުރުނޭގަލަ، ވަވުނިޔާ، އާނަންޕޫރާ، އަދި މަނާރުގެ ސަރަހައްދުތަކުގައި 300،000 އަށްވުރެ ގިނަ މީހުން ތިބީ ފެނަށް ޖެހިފައެވެ.
މިދިއަ އަހަރު ލަންކާއަށް ކުރި ގަދަ ވިއްސާރަތަކާއި އެތައް ހާސް ދަނޑުބިންތަކެއް ވަނީ ހަލާކުވެފައެވެ. އެތައް ލައްކަ ބައެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ. 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.