އާ އަހަރާއި ގުޅިގެން އުފާ ފައުޅުކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން ސްރީލަންކާގެ ދެހިވެލައިގައި އަލިފާނުގެ 2 ހާދިސާއެއް ހިނގައިފިއެވެ.
އެއް ހާދިސާގައި އަނދާފައިވަނީ ޕޮލިތީން ފެކްޓަރީއެކެވެ. ދެވަނަ ހާދިސާ ހިނގާފައިވަނީ 10 ބުރީގެ އިމާރާތެއްގައެވެ. ފުލުހުން ބުނީ ދެ ހާދިސާ ވެސް ހިނގަން މެދުވެރިވީ އައު އަހަރު ފާހަގަކުރަން ގެންގުޅުނު ގޮވާ ސާމާނުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ވެސް ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގައިފައެވެ.