އިރާންގައި ކުރިއަށްދާ މުޒާހަރާތަކުގައި ތިން ދުވަސް ތެރޭގައި 450 މީހުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
އިރާންގައި ކުރިއަށްދާ މުޒާހަރާތަކުގައި ތިން ދުވަސް ތެރޭގައި 450 މީހުން ހައްޔަރުކޮށްފި
އިރާންގެ ސަރުކާރާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ފެށި މުޒާހަރާތަކުގައި މިދޔަ ތިން ދުވަސް ތެރޭ ވެރިރަށް ތެހެރާނުން އެކަނި 450 މީހުން ހައްޔަރުކޮށްފިއެވެ.

ތެހެރާނުގެ ގަވަނަރު އޮފީހުގެ ނައިބު ޢަލީ އަސްގަރު ވިދާޅިވީ މިދިޔަ ތިން ދުވަސް ތެރޭގައި ސަރުކާރާ ދެކޮޅަށް ތެހެރާނުގައި ކުރި މުޒާހަރާތަކުގައި 450 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ ހޮނިހިރު ދުވަހު 200 މީހުން، އާދީއްތަ ދުވަހު 150 މީހުން، އަދި ހޯމަ ދުވަހު 100 މީހުންކަމަށް އަސްގަރު ވިދާޅުވިއެވެ.

އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ޤައުމުގެ ވެރިންނަށް ފާޑުކިޔައި ޞުލްޙަކަންމަތީ މުޒާހަރާކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާކަމާއި އެހެން ނަމަވެސް ހަމަނުޖެހުން ހިންގުމަށް ޖާގަ ނުދެވޭނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިރާންގެ ސަރުކާރާ ދެކޮޅަށް ފަށާފައިވާ މި މުޒާހަރާއަކީ އިރާންގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ވަޒީފާގެ ފުރުސަތުތައް ނެތި އެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވެފައިވާކަމަށް ބުނެ ފަށާފައިވާ މުޒާހަރާތަކެވެ. މި މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތަކުގައި 21 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މިއަދު އޮންލައިން