ހިފާފައިވާ ބިންތަކަކީ އިޒްރޭލުގެ ބައަކަށް ހަދަން އުޅެނީ ޓްރަމްޕް ހަދާފައިވާ ޑީލަކުން: ފަލަސްޠީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހިފާފައިވާ ބިންތަކަކީ އިޒްރޭލުގެ ބައަކަށް ހަދަން އުޅެނީ ޓްރަމްޕް ހަދާފައިވާ ޑީލަކުން: ފަލަސްޠީން
1967 ވަނަ އަހަރުގެ ހަނގުރާމައިގާ އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިޒްރޭލުގެ ބައަކަށް ހަދަން އުޅެނީ އެމެރިކާގެ ރައީސް ޓްރަމްޕް ހަދާފައިވާ ހީލަތްތެރި ޑީލަކުން ކަމަށް ފަލަސްޠީނުން ބުނެފިއެވެ.

ފަލަސްޠީނުގެ އިސް އޮފިޝަލެއް ކަމަށްވާ ސެއިބް އިރިލާތް ވިދާޅުވީ ލިކުޑް ޕާޓީން ނިންމަން އުޅޭ ނިންމުމަކީ ޓްރަމްޕް އެޕާޓީއާއިއެކު ހަދާފައިވާ ޑީލެއް ތަންފީޒްކުރުން ކަމަށެވެ.

"ފެންނަމުން މިދަނީ ހައްތާވެސް އެ ހީލަތްތެރި ޑީލްގެ ބައިތައް. ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށަށް ހެދުން. އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުން. ދެން މިއުޅެނީ އެންމެ ބޮޑު ޑީލް ތަންފީޒްކުރަން. އެއީ ހުރިހާ ބިންތަކެއްގެ މިލްކުވެރިކަންވެސް ފޭރިގަތުން."

އިޒްރޭލުން މިއަދު ވަނީ މުޅި ޤުދުސް އެއީ އިޒްރޭލުގެ ބިމެއްގެ ގޮތުގައި ފާސްކޮށްފައެވެ. އެހެންކަމުން ފަލަސްޠީނަށް އަދި ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރަން އިތުރު ދަތިތައް ކުރިމަތިވާނެއެވެ.
މިއަދު އޮންލައިން