މިއަދު ސިޒޭރިއަން ހަދަން ބޭނުންވާ ޓެސްޓްތައް ހަދަން 4 ދުވަސްކުރިން ހޮސްޕިޓަަލަށް ދިއަ ކާރުގައި ވިހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިއަދު ސިޒޭރިއަން ހަދަން ބޭނުންވާ ޓެސްޓްތައް ހަދަން 4 ދުވަސްކުރިން ހޮސްޕިޓަަލަށް ދިއަ ކާރުގައި ވިހައިފި
ޝާރުޖާގައި ދިރިއުޅޭ ޝިރިން ކާން އައީ ބަލިވެއިނީންސުރެ ޤަވާއިދުން ޑޮކްޓަރުންނަށް ދައްކަމުންނެވެ. ޑޮކްޓަރުން ބުނެފައިވަނީ ވިއްސަން ޖެހޭނީ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު (މިއަދު) ކަމަށާއި ވިއްސޭނީ ސިޒޭރިއަނެއް ހަދައިގެން ކަމަށެވެ.

ސިޒޭރިއަން ހެދުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ޓެސްޓްތައް ހެދުމަށް ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޝީރީން ހޮސްޕިޓަލަށް ދިއައީ ޢާއިލާ އާއިއެކު އަމިއްލަ ކާރުގައެވެ.

"ހެނދުނު ތެދުވި އިރު ބަނޑުގަ ރިހުމެއް ހުރި. ޑޮކްޓަރު ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ އަވަހަށް ޑޮކްތަރަށް ދެއްކުމަށް. އެހެންވެ ސައިބޮއި ހަަމަޖެހިލައިގެން ހޮސްޕިޓަލަށް ދިއައީ ސިޒޭރިއަން ހެދުމަށް ހަދަން ޖެހޭ ޓެސްޓްތައްވެސް ހަދައިލުމަށާއި ޑޮކްޓަރަށް ދައްކާލަން."

ހޮސްޕިޓަލަށް ދިއަ މަގުމަތީގައި ބަނޑުގައި ރިއްސައި ޝީރީން ވަނީ ކާރުތެރޭގައި ވިހައިފައެވެ.

ހަތަރު ސިގްނަލް ދީ ބަރުގޮނު އަޅަމުން ހޮސްޕިޓަލަށް ދިއައިރު ނަރުހުން ތިބީ ތައްޔާރީ ހާލަތުގައެވެ. ދެމައިން ކާރުން ބޭލުމަށްޓަކައި ފޫޅު ކަނޑައި ދެމައިން ވަކިކުރީވެސް ކާރު މަޑުކުރުމުން ކާރުތެރޭގައެވެ.

ޑޮކްޓަރުން ބުނީ ދަރިފުޅު ދުނިޔެއަށް އަވަހަށް އަންނަން ބޭނުންވުމުން އަވަސްވެގަތްވަރުން ފުރާނަ ސަލާމަތް ކުރެވުނީ މުއުޖިޒާތަކުން ކަމަށެވެ.
ޝީރީނަށް ލިބުނީ 2.5 ކިލޯގެ ބަރުދަންހުރި ޞިއްޙަތު ރަނގަޅު އަންހެން ކުއްޖެކެވެ.
މިއަދު އޮންލައިން