އޮލިމްޕިކްސްއާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެކުނު ކޮރެއާއިން އުތުރު ކޮރެއާއަށް ހުށައަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
އޮލިމްޕިކްސްއާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެކުނު ކޮރެއާއިން އުތުރު ކޮރެއާއަށް ހުށައަޅައިފި
އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކް ގޭމްސްއާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެކުނު ކޮރިއާއިން އުތުރު ކޮރެއާއަށްހުށައަޅައިފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު މިކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެކުނު ކޮރެއާއިން އިއުލާންކުރީ ދެކުނު ކޮރިއާގައި އޮންނަ ވިންޓާ އޮލިމްޕިކް ގޭމްސްގައި ބައިވެރިވުމަށް އުތުރު ކޮރިއާގެ ޓީމެއް ފޮނުވުމާމެދު ވިސްނަމުންދާކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގްއުން ވިދާޅުވެފަައި ވަނިކޮށެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މިޔަންގްގިއޮން ވިދާޅުވީ ދެ ޤައުމުގެ މަންދޫބުން 'ޑީމިލިޓަރައިޒްޑް ޒޯން' ގައި އޮންނަ ޕަންމުންޖޮގް އަވަށުގައި ބައްދަލުކޮށް މަޝްވަރާކުރުމަށް ހުށައަޅާކަމަށެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައެއިން ވަނީ އުތުރު ކޮރެއާ ދެމެދު މަޝްވަރާކުރެއްވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ވީހާވެސް އަވަހަކަށް އެޅުމަށް އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނަށް އަންގައިފައެވެ. މޫން ވިދާޅުވީ މިއީ ދެ ޤައުމުގެ ޞުލްޙައާއި ގުޅުން ރަނގަޅުކުރުމަށްޓަކައި މުހިންމު ފުރުސަތެއް ކަމަށެވެ.

ދެކުނު ކޮރެއާގެ މި ހުށައެޅުމާ ބެހޭގޮތުން އުތުރު ކޮރެއާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

މި ދެ ޤައުމުގެ ދެމެދު މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މިއަދު އޮންލައިން