މީލާދީ އައު އަހަރު ފާހަގަކުރުމަށް ރޭ ބެންގަލޫރުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން 60 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހައްޔަރުކުރަން ޖެހުނު ގިނަ މީހުންނަކީ މަސްތުގެ ހާލުގައި ތިބި މީހުންނާއި ޖީބުފަޅަން އުޅުނު ވަގުން ކަމަށެވެ.
މިދިއަ އަހަރުގެ އައު އަހަރު ފާހަގަކުރުން ވެގެންދިއައީ ގިނަ އަދަދެއްގެ އަންހެނުން މަގުމަތިން ރޭޕްކުރުމުގެ މައްސަލަތައް ކުރިމަތިވި ހާލަތަކަށް ވުމުން މިއަހަރުގެ އައު އަހަރާއި ގުޅިގެން 15000 ފުލުހުން ވަނީ މަގުބަލަހައްޓަން ނެރެފައެވެ.
ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ މަދަނީ ފުލުހުންނާއި ޓްރެެފިކް ބަލަހައްޓާ މީހުންވެސް އިއްޔެ އާއި ރޭ ވަނީ މައި މަގުތަކަށް ނެރެފައެވެ.