ވަޅިހެރުމާއި ވަޅިން ހަމަލާ ދިނުމުގެ ރެކޯޑް އޮތް އިނގިރޭސިވިލާތުގައި އައު އަހަރު ފާހަގަކުރި ތަފާތު ހަފްލާތަކުގައި 4 މީހެއްގެ ގައަށް ވަޅިހަރައި މަރާލައިފިއެވެ. އިތުރު އެކެއްގެ ހާލު ވަރަށް ސީރިއަސް އެވެ.
2016 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން 2017 ވަނައަހަރުގެ މާރިޗް މަހަށް ލަންޑަނަށް ބަލައިފިނަ ވަޅި ހެރުމުގެ 12،100 ހާދިސާގައި 4،400 މީހުންނަށް ވަނީ އަނިޔާލިބިފައެވެ. މިއީ ފާއިތުވި އަހަރުގެ ރެކޯޑެވެ.
ފުލުހުންގެ މިދިއަ އަހަރުގެ ރެކޯޑްތަކަށް ބަލައިފިނަމަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހާއި ހަމައަށް 77 މީހަކަށް ވަނީ ވަޅިން ހަމަލާދީފައެވެ.