މަގުމަތި ކުނިކަހާ މީހަކަށް ފެނުނު ޖަވާހިރު ދަބަހެއް ފުލުހުންނާ ހަވާލުކުރުމުން އިނާމު ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
މަގުމަތި ކުނިކަހާ މީހަކަށް ފެނުނު ޖަވާހިރު ދަބަހެއް ފުލުހުންނާ ހަވާލުކުރުމުން އިނާމު ދީފި
ދުބާއީގައި މަގުމަތި ކުނިކެހުމުގެ މަސައްކަތްކުރާ މީހަކަށް ފެނުނު ރަނާއި ޖަވާހިރު ދަބަހެއް ފުލުހުންގެ މަރުކަޒަށް ގެންގޮސް ފުލުހުންނާއި ހަވާލުކުރުމުން އިނާމު ދީފިއެވެ.

ފުލުހުން ބުނީ ދަބަހުގައި ހުރި ރަނާއި ޖަވާހިރުގެ އަދު 200،000 ދިރުހަމަށްވުރެ މަތިވާނެ ކަމަށެވެ.

މިތަކެތި މަގުމަތިން ފެނުމުން ފުލުހުންނާއި ހަވާލުކުރީ އިންޑިއާއަށް ނިޞްބަތްވާ ވިނަކަތަރު އަމާނާ މޮޓަބާޓޯ ލާލް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ދޭ އިނާމާއެކު އެމީހެއްގެ ތެދުވެރިކަމަށް ތައުރީފްކޮށް ލިޔުމެއް ދެއެވެ. މިފަދަ ލިޔުން ލިބޭ މީހުންނަށް ރަނގަޅު ވަޒީފާ ލިބުމުގެ ފުރުޞަތު އިތުރުވެ ބޮޑު މުސާރައިގާ ވަޒީފާތައް ލިބެއެވެ.
މިއަދު އޮންލައިން