ދުބާއީގައި ވަނީ ކްރިސްމަސް ފާހަގަކުރަން ވެސް ހަފްލާތައް ބާއްވައިފައެވެ.
ދުބާއީގައި "ރަނގަޅު ފެންވަރުގައި" މީލާދީ އައު އަހަރު ފާހަގަކުރާތީ އެފެންވަރުގައި ފާހަގަނުކުރާ މުސްލިމް ޤައުމުތަކުގެ ގިނަ ބައަކުވެސް އައު އަހަރު ފާހަގަކުރަން ދުބާއީއަށް ދެއެވެ.
ދީނީ އިލްމުވެރިން ވިދާޅުވަނީ މިފަދަ ހަފްލާތައް ބޭއްވުމާއި އެފަދަ ހަފްލާތަކުގައި ބައިވެރިވުން މުސްލިމުންނަށް ހުއްދަ ނޫން ކަމަށެވެ.
މުސްލިމުން އެންމެ ބޮޑުކޮށް ފާހަގަކުރަނީ ދެ ޢީދެވެ. އެހެން ދީންތަކުގެ މީހުން މުސްލިމުންގެ ޢީދުތައް ފާހަގަކުރަން އެއްވެސް ހަފްލާއެއް ނުބާއްވައެވެ. އެހެންކަމަށްވާއިރު މިއަދުގެ މުސްލިމުންނަށް "ޖެހިފައިވާ މި ބޮޑު ބައްޔާއި"މެދު ވިސްނައިލުމަކީ މުސްލިމުންނަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
ކާފަރުން "ލުއްބު" ހޮރަކަށް އެރުނު ނަމަވެސް އެ ހޮރަކަށް އެރެން މުސްލިމުން މަސައްކަތްކުރާ ދުވަސް އަންނާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުން ސާބިތުވާ ކަމަށްވެސް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.
މީލާދީ އައު އަހަރު ފާހަގަކުރަން އެއްވެސް ކަމެއް ނުކުރުމަށް ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ. އެފަދަ ޢިލްމުވެރިންގެތެރޭގައި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ހިމެނިވަދައިގަންނަވައެވެ.