އިއްޔެގެ ހުކުރު ނަމާދު ނިމުނުތަނާ މިޞުރުގެ މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 305 އަށް އަރައިފިއެވެ. މަރުވި މީހުންގެ ތެރޭގައި ހުކުރަށް ގޮސް ތިބި 27 ކުޑަކުދިންވެސް ހިމެނެއެވެ.
ހަމަލާދިން މަންޒަރު ފެނުނު ބައެއް މީހުން ބުނެފައިވަނީ މިސްކިތަށްވަން ބައެއް މީހުން ތިބީ އައިއެސްގެ ދިދަ ހިފައިގެން ކަމަށެވެ. މިސްކިތަށްވަން ޑައޭޝްގެ މީހުންގެ އަދަދު 25 އާއި 30 އަށް އަރާކަމަށްވެސް މިހާރުގެ ޚަބަރުތައް ބުނައެވެ.
"އެމީހުން ތިބީ މިލިޓަރީ ޔުނިފޯމާއި އެއްގޮތް ހެދުމެއް ލައިގެން. އައިސް މިސްކިތަށް ވަންނަން ހުރި ދޮރުތައް ބަންދުކޮށްލީ. ބަންދުކޮށްލުމަށްފަހު ހަމަލާދޭން ފޭށީ."