ޕާކިސްތާނު އެންބަސީއިން ސީއެސްޓީއައިއަށް ސްމާޓްބޯޑު ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޕާކިސްތާނު އެންބަސީއިން ސީއެސްޓީއައިއަށް ސްމާޓްބޯޑު ހަދިޔާކޮށްފި
ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް (ސީއެސްޓީއައިއަށް) ސްމާޓް ބޯޑުތަކެއް ހަދިޔާކޮށްފިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާގައި ހަދިޔާކުރެއްވި މި ސްމާޓްބޯޑުތަކަކީ ސީއެސްޓީއައިގައި ކުރިޔަށްގެންދާ އެކިއެކި ކޯސްތަކާއި ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި ބޭނުންކުރުމަށް ހަދިޔާކުރެވުނު ސްމާޓްބޯޑުތަކެކެވެ.

މި ސްމާޓް ބޯޑުތައް ހަދިޔާކުރުމަށް ސީއެސްޓީއައިގެ ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ރަސްމީގޮތުން ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލްރިޓަޔާރޑް ސައްޔިދު ޚަވާރް އަލީ ޝާހް އެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނު އެންބަސީއިން ހަދިޔާކުރެއްވި މި ސްމާޓްބޯޑުތައްސީއެސްޓީއައިއަށް ލިބިގެން ދިޔަ މި ދުވަސްވަރަކީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސިއެސްޓީއައިގެ ޚިދުމަތްތައް އަތޮޅުތަކަށް ވަރަށްބޮޑަށް ފުޅާކުރެވިގެންދާ ދުވަސްވަރެއްކަމުން މިއީ ތަމްރީނުތަކަށް ވަރަށް ބޭނުންތެރި އަދި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ވަޞީލަތެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު އެމްބަސީއިން ސިވިލް ސަރވިސް ކޮމިޝަނާއެކު ބާއްވަވާ ގާތްގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި ޕާކިސްތާނު ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.
މިއަދު އޮންލައިން