ރާއްޖޭގެ ސްކޫލްތަކަށް 100،000 މާސްކުލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގގެ ފަރާތުން ހަދިޔާ ކޮށްފިއެވެ.
މި މާސްކުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަވާލުކޮށްދެއްވީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް ހުސައިން ފައިސަލް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގްގެ ޗީފް ބިޒްނަސް ޑިވަލޮޕްމެންޓް އޮފިސަރު މުހައްމަދު އިމްތިޔާޒެވެ.
މި މާސްކުތަކާއި އެޑިއުކޭޝަންގެ ފަރާތުން ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެ މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތަށް ލިލީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވާކަމަށެވެ.
ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާ ކުރުން.
— Ministry of Education (@MoEdumv) September 14, 2020
ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުން ގެންދާ މަސައްކަތަށް ތިދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވަން. pic.twitter.com/f4enRi8qBP