މިސްކިތްތަކަކީ ބިރުވެރިތަންތަންކަން ދައްކަން މިސްކިތް މެދުވެރިކޮށް ބަލި ފަތުރަން މަސައްކަތް ނުކުރޭ! އެއީ ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިސްކިތްތަކަކީ ބިރުވެރިތަންތަންކަން ދައްކަން މިސްކިތް މެދުވެރިކޮށް ބަލި ފަތުރަން މަސައްކަތް ނުކުރޭ! އެއީ ގޯހެއް!

"މިސްކިތްތަކަކީ ބިރުވެރިތަންތަންކަން ދައްކަން މިސްކިތް މެދުވެރިކޮށް ބަލި ފަތުރަން މަސައްކަތް ނުކުރޭ! އެއީ ގޯހެއް!" ކަމަށް މާލޭގެ ބޮޑު މިސްކިތެއްގެ އަހުލުވެރިން ބުނެފިއެވެ.

އެމީހުން އެގޮތަށް ބުނީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތު މީހުން ޕޮޒިޓިވްވި ނަމަވެސް އޭނާއާއެކު އުޅޭ އެހެން މީހުންނަށް ރިސްކެއް ނެތްކަމަށް ނިންމައި އެޗްޕީއޭއިން ބުނާ ގޮތުންނަމަ ބަލި ފެތުރިދާނެ ގޮތަކަށް މިއަދު އަމަލުކުރުމުންނެވެ.

 

ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ބަންގްލަދޭޝް މުވައްޒިފުން ލައްވައި ސާފުކުރަމުން ގެންދާ މާލޭގެ ބޮޑު މިސްކިތެއް މިއަދު ސާފުނުކޮށް ހުރުމުން ސުވާލުކުރުމުން މިސްކިތުގެ އަހުލުވެރިން ބުނީ މަސައްކަތްކުރަން މިއަދު އައީ އެކަކު ކަމަށާއި އޭނާގެ ކިބައިން އެނގިފައިވަނީ އަނެއް މީހާ ކޮވިޑަށް ޕޮޒިޓިވްވެ ހުޅުމާލެ ކަރަންޓީނު ސެންޓަރަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ.

މިދެމީޙުންނަކީ އެކުގައި މަސައްކަތްކުރާ ދެމީހުންކަމަށްވުމުން މިމީހާ ކަރަންޓީނުނުކޮށް އެހުރީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތު މީހުން ޕޮޒިޓިވްވި ނަމަވެސް އޭނާއާއެކު އުޅޭ އެހެން މީހުންނަށް ރިސްކެއް ނެތްކަމަށް ނިންމާފައިވާތީކަމަށް ޤަބޫލުކުރެއެވެ. އެހެން ނޫންނަމަ އޭނާ އެގޮތަށް ވިއްލި މަސައްކަތު ދެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.

މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ބަހެއް ހޯދަންކުރި މަސައްކަތުން ވަނީ ފޯނުން ގުޅޭނެގޮތް ނުވެފައެވެ.

 

މިއަދު އޮންލައިން