ޕޮޒިޓިވްވި އަދަދު ސަތޭކައިން މަތިވެއްޖެ! މިއަދު ހަތްދިހަ ފަސް ދިވެހިންނާއި ސާޅީސް ހަ ބިދޭސީން ވަނީ ޕޮޒިޓިވްވެފަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ޕޮޒިޓިވްވި އަދަދު ސަތޭކައިން މަތިވެއްޖެ! މިއަދު ހަތްދިހަ ފަސް ދިވެހިންނާއި ސާޅީސް ހަ ބިދޭސީން ވަނީ ޕޮޒިޓިވްވެފަ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 121 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 121 މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި 46 ބިދޭސީން ކަމަށެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން އިއްޔެ ވަނީ 62 މީހުން ޕޮޒިޓިވްވެފައެވެ. އަދި މިއަދު ވަނީ މި ބަލީގައި މީހަކު ނިޔާވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 7326 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,173 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 113 މީހަކަށެވެ.

މި ބަލީގައި 32 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން