މިއަދު ޕޮޒިޓިވްވި މީހުން ގެ އަދަދު އިއްޔެއަށްވުރެ ގިނަވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
މިއަދު ޕޮޒިޓިވްވި މީހުން ގެ އަދަދު އިއްޔެއަށްވުރެ ގިނަވެއްޖެ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 90 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 90 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 32 ބިދޭސީން ކަމަށެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 66 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 6846 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,990 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 120 މީހަކަށެވެ.

މި ބަލީގައި 30 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން