ނުވަދިހަ ތިންމީހުން މިއަދު ޕްޒޮޓިވްވިއިރު ބަލިން ރަނގަޅުވީ 131 މީހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ނުވަދިހަ ތިންމީހުން މިއަދު ޕްޒޮޓިވްވިއިރު ބަލިން ރަނގަޅުވީ 131 މީހިން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 93 މީހުން ޕޮޒިޓިވްވެއްޖެއެވެ. އަދި މިއަދު ބަލިން ރަނގަޅުވީ 131 މީހުންނެވެ.

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 93 މީހުންގެ ތެރޭގައި ހިމެނެނީ 67 ދިވެހިންނާއި 26 ބިދޭސީން ކަމަށެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 73 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 6288 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,834 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 127 މީހަކަށެވެ.

މި ބަލީގައި 30 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން