އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 73 މީހުން ޕޮޒިޓިވްވެއްޖެއެވެ. އަދި މިއަދު ބަލިން ރަނގަޅުވީ 105 މީހުންނެވެ.
އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 73 މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 83 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 6157 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,741 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 139 މީހަކަށެވެ.
މި ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ.